އިސްލާމެއް ނޫން ކަމަށް ބުނި މައްސަލައިގައި ހައްޔަރު ކުރި ނާޒިމް ބަންދުން ދޫކޮށްލުމަށް ޖިނާއީ ކޯޓުން އަމުރެއް ނެރެފި

19:00


މިދިޔަ ހުކުރު ދުވަހުގެރޭ އިސްލާމެއްނޫން ކަމަށް ބުނެ އަމިއްލައަށް އިޢުލާން ކުރި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނާޒިމް ބަންދުން ދޫކުރުމަށް ޖިނާއީ ކޯޓުން އަމުރެއް ނެރެފި އެވެ.


ޖިނާއީ ކޯޓުން މި އަމުރު ނެރެފައި މިވަނީ އެ މައްސަލަ އާ ގުޅިގެން ފަސް ދުވަހުގެ މުއްދަތައް ނާޒިމް ބަންދުކުރުމަށް ޖިނާއީ ކޯޓުން ނެރެފައިވާ އަމުރުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ޖިނާއީ ކޯޓުގެ އިސް ގާޒީގެ އަރިހުގައި ނާޒިމް ޝަހާދަތުގެ ދެ ކަލިމަ ކިޔާ އިސްލާމްދީނަށް އެބުރި ރުޖޫޢަވެފައިވާތީ ކަމަށް އެ އަމުރުގައި ބުނެ އެވެ. އަދި ރައްޔިތުންގެ ކިބައިން މާފަށް އެދި ރާއްޖޭގެ މީޑިއާގައި އެކަން އިއުލާން ކޮށްފައިވާތީ ނާޒިމް ބަންދުން ދޫކުރުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އޭނާ މިނިވަންކޮށްފައިވާ ކަމަށް ވެސް ޖިނާއީ ކޯޓުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު