ދެބަސްވުންތަކާއި ދުރުވުމަށް ހައްޖު ހުތުބާގައި ގޮވާލައިފި

ބަރަކާތްތެރި ހައްޖު ދުވަސް. މި އަހަރު 2 މިލިއަން މީހުން ހައްޖު ވާން މައްކާ އަށް ވަނީ ގޮސްފައި -- ފޮޓޯ/ އޭޕީ

ދެބަސްވުންތަކާއި ދުރުވެ، ހެޔޮ ކަންތައްތަކަށް އަމުރުކޮށް އަދި މުންކަރާތްތައް މަނާކުރުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

ޝެއިހް ހުސެއިން ބިން އަބްދުލްއަޒީޒް އާލް އާލް ޝެއިހް އިއްވެވި ހައްޖު ހުތުބާގައި މިއަދު ވިދަޅުވީ، ފިތުނަ ފަސާދައިން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ތަފާތުތަކާއި އެކު ވެސް، އަހުލާގަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ޝެއިހް ވިދާޅުވި އެވެ.

"ފިތުނަ ފަސާދައިން އަޅުގަނޑުމެން ދުރުހެލިވާންޖެހޭނެ... މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަދި ހާއްސަކޮށް މިިބިމުގައި ޖެހޭނެ. ހައްޖު މޫސުމުގައި ނުބައި ޝިއާރުތައް ފާޅުކޮށް މުޒާހަރާތައް ކުރުމަކީ އޮތް ކަމެއް ނޫން،" މަދީނާގެ ނަބަވީ މިސްކިތުގެ އިމާމުގެ ހުތުބާގައި ވިދާޅުވި އެވެ.

ރިވެތި އަހުލާގުގައި ހިފަހައްޓައި، އެއް ގަލަކަށް އަރައިި، މާތް ﷲ އެންގެވި ގޮތަށް، އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝެއިހް ވިދާޅުވި އެވެ.

ބަރަކާތްތެރި ހައްޖު ދުވަސް. މި އަހަރު 2 މިލިއަން މީހުން ހައްޖު ވާން މައްކާ އަށް ވަނީ ގޮސްފައި -- ފޮޓޯ/ އޭޕީ

ގައުމުތަކުގެ ވެރިންނަށް ކިޔަމަންވުމަށް ވެސް މިއަދުގެ ހުތުބާގައި ގޮވާލެއްވި އެވެ. ޝެއިހް ވިދާޅުވީ، ވެރިންގެ ސަބަބުން ގައުމުތަކުގެ އަންމު ނިޒަމުތައް ރައްކާތެރިކޮށްދޭ ކަމަށެވެ.

"މާތް ﷲ އަންގަވަނީ، މީސްތަކުންނޭ ތިޔަބައިމީހުން ﷲ އަށާއި ތިޔަބައިމީހުންގެ ރަސޫލާ އާއި ތިޔަބައިމީހުންގެ ވެރިންނަށް ކިޔަމަންވާށޭ. އެހެންވީމާ އަޅުގަނޑުމެން ޖެހޭނެ އަޅުގަނޑުމެންގެ ރަސޫލާއަށް، ވެރިންނަށް ކިޔަމަންގަންނަން." ޝެއިހް ވިދާޅުވި އެވެ.

މިއަދުގެ ހައްޖު ހުތުބާގައި ޝެއިހް ވަނީ، އަރަފާތު ބިމުގައި ރަސޫލާ ދެއްވި ހުތުބާގައި ފާހަގަ ކުރެއްވި ކަންކަން އިސްލާމީ އުންމަތަށް ހަނދާން ކޮށްދެއްވައިފަ އެވެ.

comment ކޮމެންޓް