ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ޒިކުރު ކުރުން އިތުުރުކުރަން ޖެހޭ: ޚުތުބާ

ޖޫން 10، 2016: ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި. -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ޒިކުރު ކުރުން އިތުރު ކުރަން ޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުތުބާ ބިނާކޮށްފައި ވަނީ ހައްޖު މަހުގެ މާތް ކަމުގެ މައްޗަށެވެ. އެގޮތުން ހައްޖުު މަހަކީ އިސްލާމް ދީނުގައި އެންމެ ހުރުމަތްތެރިވެގެންވާ މަސް ކަމަށާއި އަދި އޭގެ ތެރެއިން ވެސް އެންމެ ބަރަކާތްތެރި ދުވަސްވަރަކީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ.

އެ ދުވަސްވަރަކީ މާތް ﷲގެ ހަޟްތަރުގައި ސޯލިހް އަމަލުތައް ކުރުން އެންމެ ލޮބުވެތި ދުވަސްވަރު ކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ. އެގޮތުން ރޯދަ ހިފުމަކީ ސޯލިހު އަމަލެއް ކަމަށާއި އަދި ކީރިތި ރަސޫލާ ވެސް ހައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި އާޝޫރާ ދުވަހު ރޯދަ ހިއްޕަވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ޚުތުބާގައި ބުނީ ﷲގެ ހަޟްތަރުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޒިކުރު ކުރުން ކަމަށާއި އެހެން ކަމުން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރުން އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ޒިކުުރު ކުރުން ހިމެނޭ ކަމަށެވެ.

"އެއީ ދުނިޔެ އާއި އާޚިރަތުގައި އެކަމުގެ ސަބަބުން ސަލާމަތްކަން ލިބޭނެ ކަމެކެވެ. ޒިކުރު ކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިތާނާގެ މަޅީގައި ޖެހުމުންނާއި. ނަރަކައިގެ ގިނިހިލަތަކުގެ ފިރުމުން ރައްކާތެރިކޮށް ދެއްވާނެ އެވެ. ﷲ އަށް ޒިކުރު ކުރާ މީހާގެ މައްޗަށް ﷲގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެ އެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް