"ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޓްރޮފީ 2018" ރާޅާ އެޅުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޖޯޝް ކާ ހޯދައިފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ފޯ ސީޒަންސް ކުޑަ ހުރާގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ކާ ހޯދި އިރު އޭނާ ވަނީ މުބާރާތުގެ ސިންގަލް ފިން، ޓްވިން ފިން އަދި ތްރަސްޓާ ފިން މި ތިން ޑިވިޝަންގެ ތެރެއިން ސިންގަލް އަދި ޓްވިން ފިން ޑިވިޝަން ކާމިޔާބުކޮށްފަ އެވެ.
ކާ މުބާރާތް ފެށީ ސިންގަލް ފިން ޑިވިޝަންގައި އެމެރިކާގެ ސީޖޭ ހޮބްގުޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އޭގެ އަނެއް ދަވަހު ސަލްޓަން ސާފް ސްޕޮޓުގައި، އޭނާ ވަނީ އެލެހޯ މުނީޒްގެ މައްޗަށް ޓްވިން ފިން ޑިވިޝަންގައި ކުރި ހޯދައިފަ އެވެ. އެހެން ނަމަވެސް ތްރަސްޓާ ޑިވިޝަން އިން ކުރި ހޯދީ ފްރެޑީ ޕަޓާޗިއާ އެވެ.
ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޓްރޮފީ 2018 ލީޑާބޯޑް
- ޖޯޗް ކާ (އޮސްޓްރޭލިއާ): 2800 ޕޮއިންޓް
- އެލެޖޯ މުނީޒް (ބްރެޒިލް): 2700 ޕޮއިންޓް
- ފްރެޑީ ޕަޓާޗިއާ ޖޫނިއާ (ހަވާއީ، އެމެރިކާ): 2600 ޕޮއިންޓް
- ސީޖޭ ހޮބްގުޑް (އެމެރިކާ): 2400 ޕޮއިންޓް
- އަބްދުﷲ އަރީފް (ދިވެހިރާއްޖެ): 2400 ޕޮއިންޓް
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ކާއަށް ލިބިފައިވާ އިރު އަންނަ އަހަރު އޮންނަ ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޓްރޮފަ މުބާރާތުގައި ކާއަށް އޭނާގެ ޓައިޓަލް ދިފާއު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.