ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު އަޅުގަނޑުގެ ވެރިކަމުގައި ލިބޭނެ: އިބޫ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ// ރާއްޖެ ޓީވީ

ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮސްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންގެ ބަޔަކާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ބޭފުޅުންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށް ބޯހިޔާވަކިން ބޭނުންވާ ފަރާތްތަކަށް އެކަން ކޮށްދިނުމަކީ ވެސް އިބޫގެ ސަރުކާރުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ތަރައްގީކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ އެންމެ އިސްކަމެއްދީގެން ކުރައްވާނެ އެއްކަމެވެ.

comment ކޮމެންޓް