މަޝްހޫރު ކޮފީ ފްރެންޗައިޒް، ސްޓާބަކްސްގެ ބިލަށް ބިޓްކޮއިން އިން ފައިސާ ދެއްކޭ ގޮތް ހެދުމަށް ވިސްނަމުންދާކަމަށް ހަބަރުތައް ބުނެފިއެވެ.

މިދިޔަ ހަފްތާ ސްޓާބަކްސް އިން ބުނީ މައިކްރޯސޮފްޓާއި އިންޓަ ކޮންޓިނެންޓަލް އެކްސްޗޭންޖާ ގުޅިގެން ބިޓްކޮއިން މެދުވެރިކޮށް ސްޓާބަކްސްގެ ބިލަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބަކްޓް ޕްލެޓްފޯމު މެދުވެރިކޮށް ބިޓްކޮއިން އިން ފައިސާ ދެއްކޭނެ ކަމަށާއި ބަކްޓް އިން އެ ފައިސާ ޑޮލަރަށް ބަދަލު ކޮށް ސްޓާބަކްސް އަށް ދޭނީ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ޑައިރެކްޓްކޮށް ސްޓާބަކްސްް އަށް ބިޓްކޮއިން އިން ފައިސާ ނުދެއްކޭނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ސްޓާބަކްސް އިން ބުނީ ބިޓްކޮއިން އިން ފައިސާ ދެއްކޭނެ ގޮތަށް އިންތިޒާމުކުރެވޭތޯ ބަލަނީ އާ ކަންތައްތަކެއް ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ބިޓްކޮއިން އިން ފަައިސާ ދެއްކޭނެގޮތް ހަދައި އެކަން ފަށާނީ ސީދާ ކޮންއިރަކު ކަމެއް ސްޓާބަކްސް އަކުން އަދި ނުބުނެއެވެ. ބަކްޓް ޕްލެޓްފޯމު ބޭނުންކުރަން ނޮވެމްބަރުގައި ފަށާއިރު މި ޕްލެޓްފޯމު މެދުވެރިކޮށް އެހެން ވިޔަފާރިތަކަށްވެސް ބިޓްކޮއިން ފައިސާ އަށް ބަދަލުކުރެވޭނެއެވެ.
ވާޗުއަލް ކަރަންސީ ބިޓްކޮއިންގެ އަގު މިދިޔަ އަހަރު 20،000 ޑޮލަރަށް އަރައިގެން ދިޔަނަމަވެސް މިހާރު ބިޓްކޮއިންއެއްގެ އަގު އުޅެނީ 7500 ޑޮލަރުގައެވެ.