ޑެންމާކުގައި މޫނުބުރުގާ އެޅި އަންހެނަކު ޖޫރިމަނާކޮށްފި

މޫނު ބުރުގާ މަނާކުރުމުން ޑެންމާކުގައި އިހްތިޖާޖު ކުރަނީ

މޫނުބުރުގާ އެޅުން މަނާކުރާ ގާނޫނަށް މިދިޔަ ބުދަ ދުވަހު އަމަލު ކުރަން ފެށުމާ އެކު މަގުމަތީ މޫނު ބުރުގާ އަޅައިގެން އުޅުނު އަންހެނަކު ޑެންމާކުގައި ޖޫރިމަނާކޮށްފި އެވެ.

ހަބަރުތައް ބުނާގޮތުން އުމުރުން 28 އަހަރުގެ އަންހެންމީހާ ޖޫރިމަނާކޮށްފައި ވަނީ މޫނު ބުރުގާ އަޅަން މަނާކުރުމާ ދެކޮޅަށް އަޑު އުފުލާފައިވަނިކޮށް އޭނާގެ ބުރުގާ ނަގަން މަސައްކަތް ކުރުމަށް ފަހު އެވެ. އޭނާ ޖޫރިމަނާކުރީ 1500 ޑޮލަރުންނެވެ.

މި އަހަރުގެ ކުރީކޮޅު ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި މި ގާނޫނަށް މިދިޔަ ހަފްތާގައި އަމަލު ކުރަން ފަށާފައިވާ އިރު އެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅުމަކީ މަނާ ކަމެކެވެ. ސީދާ "މޫނު ބުރުގާ" އެޅުން މަނާ ވާހަކަ ގާނޫނުގައި ލިޔެފައެއް ނުވެ އެވެ.

މި ގާނޫނާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އަޑުއުފުލުމަށް މަގުމައްޗަށް އެއްވާ ގިނަ މީހުން ތިބެނީ މޫނު އަޅައިގެންނެވެ.

comment ކޮމެންޓް