ހައްޖުމަހުގެ ފުރަތަމަ ދުވަސް އޮގަސްޓު 12 އަށް ވެއްޖެނަމަ 19 ވަނަ ދުވަސް ބަންދުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަލަންޑަރުގައިވާ ގޮތަށް ހައްޖު މަހުގެ ފުރަތަމަ ދުވަސް އޮގަސްޓު މަހުގެ 12 އަށް ވެއްޖެ ނަމަ އޮގަސްޓު މަހުގެ 19 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
"މިގޮތަށް މި ހަމަޖެއްސެވީ މެދުކެނޑުމެއްނެތި މުވައްޒަފުންނަށް އީދު ބަންދު ދުވަސްތަކެއް ދިނުމަށްޓަކާ،" މުއާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މި މަހުގެ 17 އަދި 18 އަކީ ހަފްތާ ބަންދު ދެދުވަހެވެ. އަދި 19 ވަނަ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކާއެވެ. ހައްޖު މަހުގެ ނުވަވަނަ ދުވަސް ކަލަންޑަރުގައިވާގޮތުން ދިމާވަނީ ހޯމަ ދުވަހާއެވެ.
އޮގަސްޓުމަހުގެ 12 އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެނަމަ އީދު ބަންދުގެ ގޮތުގައި ނުވަ ދުވަސް ލިބޭނެއެވެ.
"Calendar gai vaa gothah Hajju mahuge furathama dhuvas, 12 Aug ah vejje nama, 19 Aug aky sarukaaru bandhu dhuvahehge gothugai Raeesuljumhooriyyaa hamajassavaifi. Migothah mi hamajessevy medhukendumeh nethi muvazzafunnah eid bandhu dhuvasthah libidhinumah takai." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) August 1, 2018