10:00
ސީރިޔާ ޖަލުގައި ތިބި ދެ ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންގެންދަވާ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީދު ރޭ ވިދާޅުވީ އެ ދެމީހުން ގެނައުމަށްޓަކައި ސީރިއާގެ ކަމާބެހޭ ފަރާތްތަކާއެކު ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ދިވެހި ސަރުކާރުން ބަލަމުންގެންދާ ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ދެމީހުންގެ ތެރެއިން އެކަކީ ޅ.ހިންނަވަރު މީހެއް ކަމަށާއި ދެވަނަ މީހާއަކީ ލ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި މި ދެމީހުންނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބާރަ އަހަރާ ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާފައިވާ ބައެއް ކަމަށާއި، އެތަނުން އެކަކު ޖަލުގައި މިހާރު ފަސް އަހަރު ހޭދަކޮށްފައިވާ ކަމަށާއި، ދެވަނަ މީހާ ދެ އަހަރު ހޭދަކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.