ހުރާގެ ބިން ހިއްކުން އެމްޓީސީީސީއަށް

ހުރާ ބިންހުއްކުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުން ---

ކ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 33 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ.

ހަ މަސްތެރޭ ނިންމުމަށް ކޮންޓްރެކްޓު ކޮށްފައިވާ މި މަޝްރޫއުގެ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ސީއީއޯ ޒިޔަތު ވިދާޅުވީ އީއައިއޭ ނިމޭތާ ތިން ދުވަސް ތެރޭ މަސައްކަތް ފަށާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީގެ ކޮންނަބޯޓު މަހާ ޖައްރާފެވެ. ޒިޔަތު ވިދާޅުވީ ހުރާ ކައިރީ ދެ ރިސޯޓު އޮތުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް ތިމާވެއްޓަށް ގެއްލުން ނުވާނެހެން ބިން ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހުރާ ކައުންސިލުން ބުނީ އެރަށުން ގޯތި ދޫނުކުރާތާ 30 އަހަރު ވެއްޖެކަމަށާއި ބިން ހިއްކުމުގެ މަޝްރޫ ނިމުމާއެކު ހުރާއިން ގޯތި ބޭނުންވެފައިވާ މީހުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ބިން ލިބޭނެ ކަމަށެވެ.

comment ކޮމެންޓް