ފުލުހަކު އަންހެން ފުލުހަކަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވި މައްސަލައެއް ބަލަނީ

24 ޖުލައި 2017: ފުލުހުން ތަކެއް މަގުމަތީ ހަރަކާތްތެރެިވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަަސައްކަތް ކުރާ ފުލުހަކު އަންހެން ފުލުހަކަށް ބަރަހަނާ ފޮޓޯތަކެއް ފޮނުވި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ ބަރަހަނާ ފޮޓޯތަކެއް ފޮނުވި ފުލުސް މީހާގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ލީކްވެފައިވާ ޗެޓްލޮގްތަކުން އެނގޭގޮތުގައި އަންހެން ފުލުހަކަށް ބަދު އަޚްލާގީ ވާހަކަތަކާއެކު ފޮޮޓޯ ފޮނުވައިފައިވަނީ ފުލުހުންގެ ސްޓޭޝަން އިނިސްޕެކްޓަރެއްގެ ރޭންކުގައިހުރި ފުލުހެކެވެ.

މީސް މީޑިއާގެ ޕޯސްޓްގައި ބުނީ ފޮޓޯ ފޮނުވައިފައިވަނީ ފުލުހުންގެ ވަޒީފާއާ އަލަށް ގުޅުނު ފުުލުހަކަށް ކަމަށެވެ.

މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ފުލުހަކު ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލްއަށް ފުރައްސާރަކުރި ކަމަށް ބުނެ ފުލުހެއްގެ މައްސަލަ ތަހުގީގުކުރިިއެވެ. އެ މައްސަލައިގައި އެ ފުލުސް މީހާ ވަޒީފާއިން ވެސް ވަކިކުރިއެވެ.

ބަތޫލް އަށް ފުލުސް މީހާ ފުރައްސާރަކޮށްފައި ވަނީ ބަތޫލްގެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯއަކާ ގުޅުވައިގެންނެވެ. ފުލުސް މީހާ ބަތޫލަށް ފުރައްސާރަކޮށްފައި ވަނީ ބަދުއަޚްލާގީ ފިލްމު ކުޅޭ އަންހެނަކާ ގުޅުވައިގެންނެވެ.

ނަމަވެސް ފަހުން ފުލުހުން އެ މައްސަލަ ބެލުމަށްފަހު ބުނީ އެ ފުލުސް މީހާގެ ކުށެއް ނެތް ކަމަށެވެ.

comment ކޮމެންޓް