ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖުޑީޝިއަލް އެކަޑަމީގެ ޗާންސެލަރުކަމަށް ކުރުމަތިލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

ޑީޖޭއޭ އިން ކުރި އިއުލާންއެއްގައި ބުނެފައި ވަނީ އެމަގަމާމަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމުގެ މުސާރާއިގެ ގޮތުގައި 30،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ލިވިންގ އެލަވަންސްއެއްގެ ގޮތުގައި 15000 ރުފިޔާވެސް ލިބެއެވެ.

މިއީ ފަސް އަހަރު ދުވަހުގެެ މުައްދަތަށް އައްޔަންކުރެވޭ މަގާމެކެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއް ނުވަތަ އަށެއް ގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

އަދި މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި ފަނޑިޔާރުކަންކޮށް ތަޖުރިބާ ލިބިފައިވާ އަދި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާވެފައިވާ މީހަކު ކަމުގައިވުން، ނުވަތަ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ތައުލީމު ދިނުމުގެ މަސައްކަތުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖުޑީޝަލް އެކަޑެމީ އުފެއްދިތާ އަދި މާގިނަ އަހަރުތަކެއް ނުވެއެވެ. އެ އެކަޑެމީގެ އެކްޓިން ޗާންސެލަރު ކަމުގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު މާޖިދެވެ.

comment ކޮމެންޓް