ޑުރަގް މައްސަލަތަކުގައި ހުކުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ނުކުރިޔަސް މައާފު ދެވޭގޮތް ހަދައިފި

މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މީހަކު ބަލައިފާސްކުރަނީ -- ފޮޓޯ/ ޕޮލިސް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ނުކުރިޔަސް މައާފު ދެވޭގޮތަށް އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގައި ބުނެފައިވަނީ އެ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރު އުނިކުރަން ހުށަހަޅާ ކަމަށެވެ.

އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރު ގައި ބުނެފައިވަނީ ވަކިވަކި ކުށްތަކަށް މައާފު ކޮށްދެވޭނީ އަދަބުގެ 50 ޕަސެންޓު ތަންފީޒު ކުރުމުން ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހަށް ހުކުމް ތަންފީޒުކޮށްފައިވާ މީހުންވެސް ހިމެނެއެވެ.

ގަވާއިދަށް މިއަދު ގެނައި އިސްލާހާއެކު ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ށ) ގައިވާގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހަށް ހުކުމްކޮށްފައި ހުރި މީހަކު ނަމަވެސް، އެ ހުކުމުގެ ހަތަރު ބައިކުޅަ އެއްބަޔަށްވާ ދެ އަހަރާއި ފަސް މަހުގެ ހުކުމް ތަންފީޒު ކުރި ނަމަވެސް އެ މީހުންނަށް މައާފު ދެވޭނެއެވެ.

comment ކޮމެންޓް