މި ހަފްތާ ބަންދުގައި ތިން ފިލްމެއް ޝްވެކަށް

ކުރިއަށް އޮތް ހަފްތާ ބަންދަކީ ފިލްމު ބެލުމަށް މަރުދޭ މީހުންނަށް ޚާއްސަ ހަފްތާ ބަންދެކެވެ. މި ހަފްތާ ބަންދުގައި ތިން ފިލްމެއް ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފައެވެ.

މަމާ މިއާ! ހިއާ ވީ ގޯ އެގެއިން: ޖުލައި 19 ވަނަ ދުވަހު ޕްރިމިއާ ކުރާ މި ފިލްމު ހަފްތާ ބަންދުން ފެސިގެން ޝްވެކް ސިނަމާގައި އަޅުވާނެއެވެ. މިއީ 2008 ވަނަ އަހަރު ނެރުނު ފިލްމު މާމާ މިއާގެ ސީކުއެލް އެއް އަދި ޕްރިކުއެލް އެކެވެ. މިއުޒިކަލް ކޮމެޑީ ޖޯންރާގެ މި ފިލްމުގައި ލިލީ ޖޭމްސް، އެމެންޑާ ސޭފްރައިޑް، ކްރިސްޓީން ބްރާންކްސީ ފަދަ ތަރިން ހަރަކާތްތެރިވާނެއެވެ.

އީކުއެލައިޒާ 2: އެންތޮނީ ފުގުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ވަނަ އަހަރުގެ ފިލްމު ދަ އީކުއެލައިޒާގެ ސީކުއެލް އެކެވެ. ޑެންޒަލް ވޮޝިންޓަން، ޕެޑްރޯ ޕާސްކަލް އަދި މެލީސާ ލިއޯ ފަދަ ތަރިން ފެނިގެންދާނެ މި ފިލްމަކީ ތްރިލާ ފިލްމެކެވެ. މި ފިލްމު ޕްރިމިއާ ކުރާނީ ޖުލައި 20 ގައެވެ. މި ފިލްމުވެސް ޝްވެކް ސިނަމާގައި އަޅުވާނެއެވެ.

ދަޅަކް: މިއީ ސްރީ ދޭވީ އަދި ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރުގެ ފުރަތަމަ ފިލްމެވެ. ޖާންވީގެ އިތުރުން ޝާހިދު ކަޕޫރިގެ ކޮއްކޮ އިޝާން ކައްޓަރު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޝަޝާންކް ޚައިތަން އެވެ. ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. ކަރަންގެ ފިލްމަކަށް ވުމުން ފިލްމަށް ކުރާ އިންތިޒާރުވެސް ދިގުވާހެން ހީވެއެވެ. 'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ. 'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

comment ކޮމެންޓް