އަމިއްލަ މަސައްކަތުން ބިލިޔަނަރަކަށް ވާ ފުރަތަމަ ޒުވާނަކަށް ކައިލީޖެނާ؟

ކައިލީ ޖެނާ---

އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވާ ފުރަތަމަ ޒުވާނަކަށް ކައިލީ ޖެނާ ވެދާނެކަމަށް ފޯބްސް މަޖައްލާ އިން ބުނެފިއެވެ.

ކާޑޭޝަން/ޖެނާ އާއިލާގެ އެންމެ ހަގު މެންބަރު ކައިލީ އޭނާގެ އަމިއްލަ ކޮސްމެޓިކް ލައިނެއް ތައާރަފުކޮށް އެ ވިޔަފާރީގެ ތެރެއަށް ވަދެފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. ކައިލީގެ މިލްކިއްޔާތުގައި 900 މިލިއަން ޑޮލަރު މިހާރު އެބަހުއްޓެވެ. އެ އާއިލާގެ އެންމެ މަޝްހޫރު އަނެއް މެންބަރު ކިމް ކާޑޭޝަންގެ މިލްކިއްޔާތުގައި ހުރީ 350 މިލިއަން ޑޮލަރެވެ.

ކައިލީގެ އުމުރުން އަދި 21 އަހަރު ނުވާއިރު އޭނާ އަކީ އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދަމުން އަންނަ މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ދަރިފުޅު ސްޓޯމީ އޭނާގެ ހަޔާތަށް އައިފަހުން ކައިލީ ދަނީ ދިރިއުޅުމަށް ބަދަލުތަކެއްވެސް ގެންނަމުންނެވެ. އެގޮތުން މީގެ ކުރިން ލިޕް ލިފާސް ބޭނުންކޮށްގެން ތުންފަތުގެ އާޓިފިޝަލް ޝޭޕް ގެނަ ނަމަވެސް އެކަންވެސް ހުއްޓާލާފައިވާކަމަށް ކައިލީ ވަނީ ބުނެފައެވެ.

ފޯސްބްސްގެ "ރިޗެސްޓް ސެލްފް މޭޑް ވިމެން އިން އެމެރިކާ" ލިސްޓުގައި ކައިލީގެ ނަން މިހާރު އޮތީ 27 ވަނައިގައެވެ.

ފޯބްސް މަޖައްލާގެ ކަވަރުގައި ކައިލީ ހިމަނާފައިވާއިރު އުމރުުން 23 އަހަރު ވާންވާއިރަށް ކައިލީ ބިލިއަނަރަކަށް ވެދާނެ ކަމަށް އެ މަޖައްލާގައި ވަނީ ބުނެފައެވެ. އޭނާ އަށް ލިބިފައިވާ ގިނަ ފައިސާ އަކީ އެކި ބްރޭންދުތަކުގެ އެމްބެސެޑަރުކަން ކުރުމުންނާއި އެންޑޯޒް ކޮށްގެން ހޯދާފައިވާ ލާރި ކަމަށް ފޯބްސް ގައި ބުނެފައިވެއެވެ.

ކައިލީ އަކީ އަމިއްލަ މަސައްކަތުން މުއްސަނދިވި މިހެއް ކަމަށް ފޯބްސް އިން ބުނުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ކައިލީ އަކީ ރިއަލިޓީ ޓީީ ތަރިއެއް ކަމަށާއި އޭނާގެ އާއިލާ އަކީ މުއްސަނދި އަދި މަޝްހޫރު ބައެއް ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ.

comment ކޮމެންޓް