މ. ކޮޅުފުށީގައި ސަރުކާރުން ހެދި ބަނދަރު ރައީސް ޔާމީން ހުޅުއްވާދެއްވައިފި

ރައީސް އަބްދުﷲ ޔާމީން މިއަދު ކޮޅުފުއްޓަށް ވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

މ. ކޮޅުފުށީގައި ސަރުކާރުން ހެދި ބަނދަރު ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ހުޅުއްވާދެއްވައިފިއެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީން ކޮޅުފުށި ބަނދަރު ހުޅުވައިދެއްވީ މިއަދު ހެނދުނު އެ ރަށަށް ވަޑައިގެންނެވެ.

ކޮޅުފުށި ބަނދަރަކީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސެނޮކް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އައިޑީބީގެ އެހީގައި ހެދި އެ ބަނދަރުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގައެވެ. އެ މަޝްރޫއުއަށް ޖުމުލަ 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ރައީސް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަނީ އެ އަތޮޅު މުލީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފައެވެ. އަދި ދިއްގަރަށާއި މުލަކަށް ވަޑައިގެން ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައެވެ.

comment ކޮމެންޓް