އެމްއެމްއޭ ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭ އިމާރާތް---

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ސްކޯލާޝިޕް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހެދުމަށް ދޭ މި ސްކޯލާޝިޕުގައި ކިޔެވުމުގެ ފުރުސަތު ދޭނީ އޯއީސީޑީގެ ގައުމަކުންނެވެ.

އެމްއެމްއޭ ސްކޯލާޝިޕަށް ކުރިަމތިލެވޭނީ އިކޮނޮމިކްސް ނޫނީ އިކޮނޮމެޓްރިކްސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

ސްކޯލާޝިޕަށް ހޮވޭނީ އެކަޑެމިކް މެރިޓް އަދި އިންޓަވިއު އިންލިބޭ މާކްސް އަދި ސްޓޭޓްމެންޓް އޮފް ޕާޕަސް އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ކެނޑިޑޭޓޭއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ފަސްބަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ސްކޯލާޝިޕަށް ހޮވޭ ދަރިވަރުގެ ޓިއުޝަންފީ، ވިސާ ފީ، ދެކޮޅު ޓިކެޓު ބުކް އެލަވެންސް، ސްޓައިޕެންޑް، އެސްޓަބްލިޝް އެލަވެންސް އަދި ޑިޕާޗާ އެލަވެންސް ހަމަޖައްސައިދޭނީ އެމްއެމްއޭ އިންނެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކުން ހަތަރު އަހަރާއި ހަ މަހުގެ މުއްދަތަކަށް އެމްއެމްއޭ އަށް ޚިދުމަތް ކުރަން ޖެހޭނެއެވެ. ސްކޯލާޝިޕު ލިބޭ ދަރިވަރު ކިޔަވަން ޖެހޭނީ އެމްއެމްއޭ އިން ކަނޑައަޅާ ޔުނިވާސިޓީ އަކުންނެވެ.

comment ކޮމެންޓް