އެކަށީގެން ނުވާ ވަރަށް މުދާ އަރުވައިގެން މިދުވަސްކޮޅު ކަނޑު ދަތުރުތައް ނުކުރަން ކޯސްޓު ގާޑުން އަންގައިފި

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ މުދާ އުފުލާ ދޯނިފަހަރުން އެކަށީގެންވާ ވަރަށް ވުރެ ގިނައިން މުދާ ބަރު ކޮށްގެން ދަތުރު ނުކުރުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑުން ބުނެފި އެވެ.

ކޯސްޓުގާޑުން ބުނީ މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށާއި މޫސުމާބެހޭ މަޢުލޫމާތު ހޯދައިގެން ދަތުރު ކުރި ނަމަވެސް ރޭގަނޑު ދަތުރުކުރާނަމަ ހާއްސަ ސަމާލު ކަމެއް ދިނުމަށެވެ.

އުޅަނދު ފަހަރުން ލައިފްޖެކެޓާއި ދިޔަ ހިއްކާ ޕަންޕު ފަދަ ސަލާމަތީ ނިޒާމު ފުރިހަމަ ކުރުމަށާއި ކަނޑުދަތުރުފަތުރުގެ ޤަވާއިދާ އެއް ގޮތަށް ދަތުރުތައް ރޭވުމަށް ވެސް ކޯސްޓްގާޑުން ވަނީ އަންގާފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނީ މިއަދު މެންދުރު ފަހު 2:00 މާދަމާގެ އެގަޑިއާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު