ޓެވޭޒުގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކެޕްޓަންކަން އަދާކުރާނީ ކޮމްޕަނީ: މަންޗިނީ

މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އަތުން އަތުލުމަށް ފަހު ދާއިމީ ގޮތެއްގައި ބެލްޖިއަމް ޑިފެންޑަރު ވިންސެންޓް ކޮމްޕަނީ އާއި ހަވާލުކޮށްފައި ވާކަން އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ކަށަވަރުކޮށް ދީފ އެވެ.

އުމުރުން 27 އަހަރުގެ ޓެވޭޒް ވަނީ މިދިޔަ ސީޒަނުގައި މެން ސިޓީއަށް ކެޕްޓަންކަން ކޮށްދީ 23 ގޯލު އެކުލަބަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން ޓްރޮޕީއެއް ނުލިބި 35 އަހަރުވީ މެން ސިޓީއަށް އެފްއޭ ކަޕް ހޯދައިދީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ވެސް ޓެވޭޒްގެ ކެޕްޓަން ކަމުގެ ދަށުގަ އެވެ.

މިދިޔަ ސީޒަނަށް ފަހު ތަކުރާރުކޮށް މެންސިޓީ ދޫކޮށް ސައުތު އެމެރިކާއަށް އާއިލާ އެކު ދިއުމަށް ބުނަމުން ދިއުމުން ޓެވޭޒް އަތުން މެންސިޓީގެ ކެޕްޓަން ކަން ވަނީ އަތުލާފަ އެވެ.

"މިހާރު މެންސިޓީގެ ކެޕްޓަނަކީ ވިންސެންޓް ކޮމްޕަނީ. ޓެވޭޒް އަތުން ކެޕްޓަންކަން އަތުލި ސަބަބު ވަރަށް ސާފު. އާއިލާ ސަބަބުތަކާހުރެ އޭނާ ކުލަބު ދޫކޮށް ދާން ބޭނުންވީ. އަހަރެމެން ވެސް އޭނާއަށް އިޚްތިރާމްކޮށް ދޫކޮށްލުމަށް ތައްޔާރުވިން. އެކަމަކު އެކަން ކޮޅެއްގައި ޖެހޭ ގޮތެއް ނުވި. މިހާރު އޭނާ އެހުރީ މިކުލަބުގައި. ޓެވޭޒަކީ ސީޒަނެއްގައި 20 ގޯލު ޖެހިދާނެ ކުޅުންތެރިއެއް. އެހެން ނަމަވެސް މިސީޒަނުގައި ކެޕްޓަންކަން ކޮމްޕަނީ އަށް ދީފިން." މެން ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުންޏެވެ.

މިދިޔަ ދެސީޒަނުގައި މެންސިޓީއަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތް ޓެވޭޒަށް މިސީޒަނުގައި އަދި ގޯލެއް ޖެހިފައެއް ނުވެއެވެ. މެން ސިޓީގެ ގޯލު ޖެހުމުގެ އެންމެ ކުރީގައި އުޅެނީ އެޑިން ޖެކޯ އާއި ސާޖިއޯ އަގުއެރޯ އެގުއެރޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު