އާންމުކޮށް ބްރައުޒް ކުރާ ވެބްސައިޓުތަކުގެ ކޮންޓެންޓު ފަހުން ކިޔާލަން ކްރޯމުން އެހީވަނީ!

އާންމުކޮށް ބްރައުޒާ މެދުވެރިކޮށް އެކްސެސްވާ ވެބްސައިޓުތަކުގައި ހުންނަ އަޕްޑޭޓް މައުލޫމާތު ފަހުން ކިޔާލަން ބޭނުންވާ މީހުންނަށް ގޫގުލް ކްރޯމް އިން އެކަން ފަސޭހަ ކޮށްދީފިއެވެ.

އިންޓަނެޓް ނުލިބޭނަމަ، ނޫޏީ ސްޕީޑް ސްލޯ ވެގެން ވެބްސައިޓަށް ނުވަދެވުނު ނަމަވެސް، ވައިފައި ލިބޭ ތަނެއްގައި އެންޑްރޮއިޑް ޑިވައިސް ބޭނުން ކުރާނަމަ ވެބްސައިޓުތަކުގައި ހުންނަ އާ ކޮންޓެންޓް ޑައުންލޯޑުކޮށްދޭނެއެވެ.

ކްރޯމް އިން އެންޑްރޮއިޑް ޑިވައިސްތަކަށް ގެނައި މި އަޕްޑޭޓާއެކު އެމީހަކު އެންމެ ގިނައިން ވަންނަ، އެންމެ ގިނައިން ބްރައުޒްކުރާ ވެބްސައިޓު ތަކުގައި ހުންނަ އެންމެ މަގުބޫލު މައުލޫމާތު ޑައުންލޯޑު ކޮށްދޭނެއެވެ.

މި އަޕްޑޭޓް ލިބޭނީ ކްރޯމުގެ އެންމެ ފަހުގެ ބްރައުޒާ ބޭނުންކުރާ ނަމައެވެ. 100 އަށް ވުރެ ގިނަ ގައުމަށް މިހާރު މި ހިދުމަތް ލިބޭނެ ކަމަށް ގޫގުލް ކްރޯމް އިން ބުނެއެވެ.

comment ކޮމެންޓް