މާދަމާއިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10 ޖަހަންދެން

ވިޔަފާރި ކުރުމަށް މީހުން ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރޭގަނޑު އެގާރަޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުނު ނަމަވެސް މާދަމާއިން ފެށިގެން ވިޔަފާރި ގަޑިތަކަށް ކުރިއެކޭ އެއްގޮތަށް ބަދަލުގެނެސްފިއެވެ.

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، އަދި ކެފޭ، ރެސްޓޯރެންޓްތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައިި ބެހެއްޓުމުގެ ހުއްދަ އިކޮނަމިކް މިނިސްޓްރީން ދީފައިވަނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހަށެވެ. އެ ހުއްދަ ކޮންމެ ރޯދަމަހަކާ ދިމާކޮށް ސަރުކާރުން ދެއެވެ.

މާދަމާއިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10 ޖަހަންދެން އަދި ހޮޓާ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެެއްޓޭނީ ދަންވަރު އެކެން ޖަހަންދެން ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރީގެ ގަޑިތައް ކުރީހުރި ގޮތައް ބަދަލުކުރުމުގެ އިތުރުން ވިޔަފާރި މުދާ އުފުލާ ގަވާއިދަށް ރޯދަމަހާ ދޮމާކޮށް ގެނައި ބަދަލަށްވެސް ނިމުން އައިސް މާދަމާއިން ފެށިގެން މުދާ އުފުލުމުގައިވެސް އަމަލުކުރަން ޖެހޭނީ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ގަވާއިދަށްކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މާދަމާއިން ފެށިގެން ވިޔަފާރި މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

comment ކޮމެންޓް