ގިނަ އަދަދެއްގެ ބަނގުރަލާ ކާބޯތަކެތި ކަސްޓަމްސްއިން ނައްތާލައިފި

ބަނގުރަލާ ކާބޯތަކެތި ކަސްޓަމްސްއިން ނައްތާލަނީ-- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުރާ އެކުލެވޭ ކާބޯތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެތަކެއްޗަކީ ތަފާތު އެކި ފަހަރުމަތީން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށާއި، އެ ތަކެތި ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައ އިއްޔެ ނައްތާލައިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ރާއްޖެ އަންނަ ފަސިންޖަރުންގެ ލަގޭޖް ބަލައިފާސްކުރުމުގެ ތެރޭގައި އަތުލެވިފައިވާ ރަލުގެ ބާވަތްތައް އެކުލެވޭ 10412 ފުޅިއާއި 1350 ދަޅު ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ރާއެކުލެވޭ ތަކެތި ކަމަށް ފާހަގަކުރެވިގެން ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި ކާބޯ ތަކެތީގެ ބާވަތްތައް ހިމެނޭ 1537 އައިޓަމާއި ބަނގުރަލުގެ އިޝްތިހާރު ހިމަނާފައިވާ 1802 އައިޓަމްވެސް އިއްޔެ ނައްތާލައިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ޑޮކްޓަރުގެ ބޭސް ސިޓީއެއް ނެތި އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓިފައިވާ ބޭހުގެ ބާވަތްތައް އެކުލެވޭ 2011 އައިޓަމްގެ އިތުރުން ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގާނޫނުގެ ދަށުން ހިފެހެއްޓިފައިވާ 755 އައިޓަމް އިއްޔެ ނައްތާލިއެވެ. އޭގެ ތެރޭގައި ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް