މި އަހަރުގެ ފިތުރު އީދު ނަމާދު މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން ކޮށްފިއެވެ. މި ޖަމާއަތުގައި ވަނީ އެތަށް ހާސް މީހުން ބައިވެރި ވެފައެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް ވަނީ ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކޮށްފައެވެ.
ރޯދައިގެ މަތިވެރި އަޅުކަމަށް ފަހު ވެސް އަޅުކަމުގައި ޝާމިލުވެ އުޅުން ދޫކޮށް ނުލައި އަޅު ކަމާއި ހެޔޮ ކަންތަތަކާއެކު ކުރިޔަށް ދިއުމަށް މިއަދުގެ އީދުގެ ނަމާދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އީދު ދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ހާލު ބަލައި އުފާ ފާޅު ކުރުމުގެ އިތުރުން މުސްލިމް ގައުމުތަކުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ ދުއާ ކުރުމަށް ވެސް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

އދ. ހަންޏާމީދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު މިއަދު ކުރުން --- ސަން ފޮޓޯ/ ކިޔުންތެރިއެއް
މީގެ އިތުރުން ރޯދަ މަހުގައި އަޅު ކަމަށް ސަމާލުކަންދިން ފަދައިން ރޯދަމަސް ނިމުމުން ވެސް އެގޮތުގައި އަޅުކަމާއިގެން ކުރިއަށްދިޔުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މިއަދު މާލޭގެ މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގައުމުގެ ސުލްހަމަސަލަސް ކަމަށްޓަކައި މަސައްކަތް ކުރުމަށާއި މާތްﷲ ދެއްވި ނިއުމަތްތަކަށް ރައްކާތެރި ވުމަށް ނަސޭހަތްތެރިވެފައިވެއެވެ.