އައްޑޫގައި އަންނަ މަހު ސްކައިޑައިވިން ޕްރޮގްރާމެއް ބާއްވަނީ

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ސްކައިޑައިވިންގެ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

ސްކައި ޑައިވް މޯލްޑިވްސް އާއި ސްްކައި ޑައިވް ގަތަރު ގުޅިގެން ސްކައި ޑައިވިންއަށް ޝައުގު ވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސްކައި ޑައިވް ޕްރޮގްރާމެއް އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

"މޯލްޑިވްސް ބޫގީ- ޓެންޑެމް ސްކައިޑައިިވް"ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 10 އިން 30 އަށެވެ.

ސްކައި ޑައިވިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވެބްސައިޓް މެދުވެރިކޮށް ބުކްް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ ޓޫރިސްޓުންނާއި އަދި ރާއްޖޭގެ އާންމުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކި ކެޓެގަރީތައް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ސޯލޯ ޖަމްޕަކަށް 33 އެމެރިކާ ޑޮލަރު ނަގާ އިރު 10 ޖަމްޕަށް 300 ޑޮލަރު ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޕްރޮގްރާމުގައި ސްކައިޑައިވް ކުރާއިރު ކެމެރާ ކުރާ މީހަކާ އެކު ޖަމްޕް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް 767 ޑޮލަރު ނަގާނެ ކަމަށް ސްކައިޑައިވް ގަތަރުން ބުންޏެވެ.

ސްކައިޑައިވް ގަރަތުން ބުނީ ސްކައިޑައިވް ކުރާ އިރު ތިރިކުރާނީ އައްޑޫ ސިޓީގެ ގަމުގެ އަތިރިމަތީގެ އިތުރުން އައްޑު އަތޮޅުގައި އޮންނަ ޝަންގްރިއްލާ ރިސޯޓަށް ކަމަށެވެ.

ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން 2015 ވަނަ އަހަރު ބޭއްވި ސްކައިޑައިވްތަކަށް ތަމްރީންތައް ހެދުމުގެ ގޮތުން ވެސް އައްޑޫގައި ސްކައިޑައިވިންގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.

comment ކޮމެންޓް