ލިންކްސާވްގެ ފަރާތުން ދިވެހީންނަށް ސްމާޓް ގެޖެޓްސް!

ލިންކްސާވުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސްމާޓް ޑިވައިސްތަކެއް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ލިންކްސާވް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އައިޓީ ސާމާނުގެ ވިޔަފާރި ކުރާ ލިންކްސާވުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސްމާޓް ޑިވައިސްތަކެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ލިންކްސާވްގައި ވަނީ މި އާ ޑިވައިސްތަކަށް ޚާއްސަކޮށްގެން ކޯނާއެއް ހުޅުވާފައެވެ. އެ ގެޖެޓްސް ކޯނާ ހުޅުވައިދެއްވީ ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑްސް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަނެވެ.

ލިންކްސާވުން ބުނި ގޮތުގައި، ސްމާޓް ގެޖެޓްސްގެ އިތުރުން، "ޚިޔާލު"ގެ ނަމުގައި އުފައްދާފައިވާ ދިވެހި ސޮލިއުޝަނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. "ޚިޔާލު"އަކީ ކަސްޓަމަރުންގެ ފީޑްބެކް ނެގުމާއި، ޕްރޮމޯޝަން އަދި ވިޔަފާރިތަކުގައި ކަސްޓަމަރުންގެ ރިވިއު ނެގުމަށް ފަރުމާކޮށްފައިވާ ސޮލިއުޝަނެކެވެ. މިއީ ލިންކްސާވާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ސޮލިއުޝަނެކެވެ.

ލިންކްސާވުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ސްމާޓް ޑިވައިސްތަކެއް ރާއްޖެއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ލިންކްސާވް

ލިންކްސާވުން ތައާރަފުކުރި ސްމާޓް ގެޖެޓްސްތަކުގެ ތެރޭގައި، އަންހެނުންގެ މައްސަރު ކަންތަކުގެ ދުވަސްވަރު ތަދުގެ މައްސަލަ ހައްލުކޮށްދޭ ދުނިޔޭގެ މަޝްހޫރު ސްމާޓް ޑިވައިސަކާއި، އެލެކްސާ މެދުވެރިކޮށް ޑިވައިސްތައް ކޮންޓްރޯލްކުރެވޭ އިކޯގެ އެކި ޑިވައިސްތަކާއި، ދަތް އުނގުޅާއިރު ދަތްތައް ސާފުވަމުންދާވަރު ދެނެގަނެވޭ ފަދަ ސްމާޓް ދަތްއުނގުޅާ ބުރުސް ފަދަ ތަކެތި ހިމެނެއެވެ.

ލިންކްސާވުން ބުނީ ސްމާޓް ގެޖެޓްސް ކޯނާ ހުޅުވުމާ އެކު "ވިޒިޓް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ވެސް ފަށާފައި ވާ ކަމަށެވެ. އެގޮތުން، ލިންކްސާވުން އެއްވެސް މުދަލެއް ނުގަތް ނަމަވެސް، ލިންކްސާވްގެ މައި ޝޯރޫމަށް ޒިޔާރަތްކޮށްގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ޖޫން 30ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް9 ޕްލަސް (256 ޖީބީ) ފޯނެއް އިނާމުގެ ގޮތުގައި ލިބޭނެކަމަށް ލިންކްސާވުން ބުންޏެވެ.

comment ކޮމެންޓް