ރެއިންބޯ ލިވިން މޯލްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ރެއިންބޯ ލިވިން މޯލްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް --

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި ބަދިގެ ސެޓްގެ ވިޔަފާރި ކުރަމުން އަންނަ ރެއިންބޯ ލިވިން އިން ވިޔަފާރިކޮށްލަން މިއޮތީ ރަނގަޅު ފުރުސަތެކެވެ. ވާލްޑްކަޕްގެ ދުވަސްވަރާ ދިމާކޮށް ލިވިން މޯލް އިން ވަނީ "ވާލްޑްކަޕް ފީވާ"ގެ ނަމުގައި ހާއްސަ ސޭލްއެއް ފަށައިފަ އެވެ.

މި މަހުގެ އެއްވަނަ ދުވަހު ރެއިންބޯގެ ލިވިން މޯލްއިން ފެށި އެ ސޭލް މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރެއިންބޯ އިން ވަނީ ނިންމައިފަ އެވެ. އަދި އެ ސޭލްގެ ތެރެއިން ރެއިންބޯއިން ކުރާ ކޮންމެ ވިޔަފާރިއަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނުމަށް ވެސް ރެއިންބޯ އިން ވަނީ ނިންމައިފަ އެވެ. އެހެންކަމުން މި ފުރުސަތަކީ ގެއަށް އައު ފަރުނީޗަރާއި އެހެންވެސް ތަކެތި އައުކުރަން ރަނުގެ ފުރުސަތެކެވެ.

ރެއިންބޯ ލިވިން މޯލްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް --

ރެއިންބޯ އިން ކުރިއަށްގެންދާ އެ ސޭލްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ފިހާރައިގެ އެއް ކަނުގައި ހަދާފައިވާ ސްޓޮކް ކްލިއަރެންސް ކޯނާ އެވެ. ބޮޑެތި ޑިސްކައުންޓްތަކާ އެކު އެ ކޯނާގައި ޓީވީ ރެކާއި އަލަމާރި އަދި ސޯފާ ޓޭބަލް ފަދަ ތަކެތި އެ ކޯނާގައި ހުރެ އެވެ. އެތަކެއްޗަކީ ވެސް ކުދި އެޕާޓްމަންޓްގައި ވަކިން އުޅޭ ބޭފުޅުންނަށް އެންމެ އެކަށޭނަ ފަރުނީޗަރުކަން ފާހަގަކޮށްލެވެ އެވެ.

ރެއިންބޯ ލިވިން މޯލްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް --

ރެއިންބޯ އިން ވިއްކާ ފަރުނީޗަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ ހޮންކޮންގްގެ އެންމެ މަޝްހޫރު ބްރޭންޑް ކަމަށްވާ "ރެޑް އެޕަލް"ގެ ވޯޑްރޯބާއި ބެޑްރޫމްސެޓެވެ. ފައިބާ ކްލޯޓެޑް ހައި ގްލޮސް ބެޑްރޫމްސެޓަކީ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ކޮލިޓީ ރަނގަޅު ޕްރޮޑަކްޓެކެވެ.

މެލޭޝިއާގެ އެއްވަނައިގެ ބެޑިން ބެރޭންޑްގެ ބެޑްޝީޓާއި ބާލީހަކީ ވެސް ރާއްޖޭގައި އޭގެ ދެވަނައެއް ނުފެންނާނެ ފަދަ ކޮލިޓީ ބްރޭންޑެކެވެ. މައިކްރޯ ފައިބާ އަދި މެމޮރީ ފޯމް ބޭނުންކޮށް ހަދާފައިވާ ބާލީހަކީ ނިދާލަށް އަރާމުވާނެ ގޮތަށް އުފައްދާފައިވާ ބާލީހާއި ބެޑްޝީޓެވެ. އަދި އެތަކެއްޗަކީ 100 ޕަސަންޓު ކޮޓްން، އަދި ބެޑްޝީޓަކީ 950 ތުރެޑްކައުންޓްގެ އެންމެ ކޮލިޓީ ބެޑްޝީޓެވެ.

ރެއިންބޯ ލިވިން މޯލްއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް --

ރެއިންބޯ އިން ރާއްޖެ އަށް އެތެރެކޮށްގެން ވިއްކަމުންދާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފަރުނީޗަރާއި ބަދިގެ ސާމާނުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޫކުރަން ނިންމާފައިވާ އިރު މި ފުރަސަތަކީ ފަރުނީޗަރު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެކެވެ. އެންމެ ކުދި ސައިޒުގެ ފަރުނީޗަރުން ފެށިގެން ބޮޑެތި ފަރުނީޗަރާއި ކަސްޓަމަރުން ބޭނުންވާ ގޮތަށް ހަދައިދޭ ބަދިގެ ސެޓަކީ ވެސް ދިވެހިންގެ މަގުބޫލުކަން ހޯދައިފަވާ ކޮލިޓީ ރަނގަޅު ބްރޭންޑްތަކުގެ ބަދިގެ ސެޓެވެ.

comment ކޮމެންޓް