ދިވެހިންގެ ފަރާތުން "ލޯތްބާއެކު" ފޮނުވި އެހީ ގާޒާގެ ރައްޔިތުންނަށް ބަހަން ފަށައިފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފެށި "ލޯތްބާއެކު" ކެމްޕެއިންގައި ބަހަން ހަމަޖެހިފައިވާ ފުޑް ބާސްކެޓްތައް ބަހަން ތައްޔާރުކުރަނީ --- ފޮޓޯ/ އައިއޭސީ

ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފެށި "ލޯތްބާއެކު" ކެމްޕެއިންގައި ލިބުނު އެހީގެ ތަކެތި ގާޒާގެ ރައްޔިތުންނަށް ބަހަން ފަށައިފިއެވެ.

މެއި 15އިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ލޯތްބާއެކު" ކެމްޕޭނުގެ ދަށުން އާއިލާއަކަށް 10 ދުވަހުގެ ކެއުމަށް ބޭނުންވާނެ ތަކެއްޗަށްވާ 20 އެމެރިކާ ޑޮލަރު ސްޕޮންސާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފެށި "ލޯތްބާއެކު" ކެމްޕެއިންގައި ބަހަން ހަމަޖެހިފައިވާ ފުޑް ބާސްކެޓްތައް ބަހަން ތައްޔާރުކުރަނީ --- ފޮޓޯ/ އައިއޭސީ

ކެމްޕޭނާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ މީޑިއާ އެންޑް ޕްރޮޑަކްޝަން ހެޑް އާދަމް ނާއިފް މިއަދު ވިދާޅުވީ، ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ކެމްޕެއިނަށް މިހާތަނަށް 28،000 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

ނަމަވެސް ފުރަތަމަ ބުރުގައި ބަހާނީ އެ ފައިސާގެ ތެރެއިން 20،000 ޑޮލަރަށްވާ ކާނާގެ ތަކެތި ކަމަށާއި އެތަކެތި ބަހަން ހަމަޖެހިފައިވަނީ ގާޒާގެ އުތުރުގައި ދިރިއުޅޭ އާއިލާތަކަށް ކަމަށްވެސް ނާއިފް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފެށި "ލޯތްބާއެކު" ކެމްޕެއިންގައި ބަހަން ހަމަޖެހިފައިވާ ފުޑް ބާސްކެޓްތައް ބަހަން ތައްޔާރުކުރަނީ --- ފޮޓޯ/ އައިއޭސީ

އައިއޭސީން ފުރަތަމަ ބުރުގައި 1،000 އާއިލާއަކަށް 10 ދުވަހަށް ބޭނުންވާނެ ކާބޯތަކެތި ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިވަގުތު ބަހަން ތައްޔާރުވެފައިވަނީ އޭގެ ތެރެއިން 250 އާއިލާއަކަށް ބޭނުންވާ ކާނާ ކަމަށް އައިއޭސީން ބުނެއެވެ.

ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުޑް ބާސްކެޓުގައި ހިމެނެނީ، ކުކުޅު، ޕާން، ކައްކާ ތެޔޮ، ކޮލިފްލާވާ/ކެބެޖް، ބީންސް، ބަށި، ފިޔާ، އަލުވި، ކިއުކަމްބާ އަދި ޓޮމާޓޯއެވެ.

ނާއިފް ވިދާޅުވީ، ގާޒާގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުން ދަނީ އެތަނުގައި އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އަލް ފަލާހް ބެނެވޮލެންޓް ސޮސައިޓީއާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ކެމްޕޭނުގެ ކުރިއަށް އޮތް ބުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ފެށި "ލޯތްބާއެކު" ކެމްޕެއިންގައި ބަހަން ހަމަޖެހިފައިވާ ފުޑް ބާސްކެޓްތައް ބަހަން ތައްޔާރުކުރަނީ --- ފޮޓޯ/ އައިއޭސީ

ލޯތްބާއެކު ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ބޭންކް: ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަންބަރ: 7770000014818

ޑޮލަރު އެކައުންޓް ނަންބަރ: 7770000014817

comment ކޮމެންޓް