ކުޑަ މަސައްކަތަކުން އަގުބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ރެއިންބޯ އިން ހުޅުވާލައިފި އެވެ.
ރެއިންބޯ އީދު ހަދިޔާގެ ނަމުގައި ފޭސްބުކް ގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކުރަންޖެހޭނީ ކުޑަ މަސައްކަތެކެވެ. ރެއިންބޯގެ ފޭސްބުކް ޕޭޖަށް ލައިކްކޮށް، އީދު ހަދިޔާ އަށް ޚާއްސަ ޕޯސްޓް ޕަބްލިކަށް ފެންނާނެހެން ޝެއާ ކޮށްލާށެވެ. ދެން ކުރަންޖެހޭނެ ކަމަކީ ފަސް ރައްޓެއްސެއް އެ ފޯސްޓުގެ ކޮމެންޓް ސެކްޝަނުގައި ޓެގްކޮށް، އެ ރައްޓެހިން ލައްވައި ރެއިންބޯގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުވުމެވެ.
ޕްރޮމޯޝަންގެ އިނާމެއްގެ ގޮތުން ގުރުއަތުން ހޮވޭ އެއްފަރާޓަކަށް އީދު ހަދިޔާ އަކަށް އަގުހުރި ބެޑްރޫމްސެޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން މި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ 18:00ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ރެއިންބޯ އިން ވަނީ ރަމަޟާން މަހާ ދިމާކޮށް ވެސ ކޮންމެ ހަފްތާއަކު އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.