ވިލް ސްމިތްގެ ވޯލްޑްކަޕް ލަވަ ކަމަކު ނުދިޔަ!

ވިލް ސްމިތް އާއި އިތުރު އާޓިސްޓުންތަކެއް ކިޔާފައިވާ މި އަހަރުގެ ވޯލްޑްކަޕްގެ އޮފިޝަލް ލަވަ ހުކުރު ދުވަހު ވަނީ އާންމު ކޮށްފަ އެވެ.

ވޯލްޑް ކަޕް އަށް އަދާ ލަވަތަކަކީ އާންމުކޮށް ވަރަށް އަވަހަށް ވައިގައި ހިފާ، އާންމުންނަށް ކަމުދާ ލަވައެއް ނަމަވެސް، މިފަހަރުގެ ލަވަ އަކީ "ފްލޮޕެކެވެ."

ޑިޕްލޯ ޕްރޮޑިއުސްކޮށްފައިވާ "ލިވް އިޓް އަޕް"ގެ ވީޑިއޯ އަދި އާންމުކޮށްފައެއް ނުވެ އެވެ. މި ލަވަ ކިޔާފައި ވަނީ ވިލް ސްމިތް އާއި ނިކީ ޖޭމް އަދި އިރާ އިސްޓްރެފީ އެވެ.

ވިލް ސްމިތް ވަނީ ލަވައިގެ ރިކޯޑިންގެ މޭކިން އޭނާގެ ޔޫޓިއުބްގައި އާންމު ކޮށްފަ އެވެ.

އާންމުކޮށް ވޯލްޑްކަޕްގެ ލަވައަކީ އެއްބައިވަންތަކަމާ އެކު ގިނަ ބަޔަކު އެއްގަލަކަށް އަރުވާފަދަ މެސެޖެއް ދޭ ލަވައެކެވެ. ނަމަވެސް މިފަހަރުގެ ލަވައާމެދު ނުރުހޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

ސޯޝަލް މިޑިއާގައި ފާޑުކިޔާ މީހުން ބުނީ 2010 ގެ ވޯލްޑްކަޕަށް ޝަކީރާ ކީ "ވަކަ ވަކަ" ވައްޓައި ލެވޭނެ ލަވައެއް އަދި ނާންނަ ކަމަށެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕިޓްބުލް އާއި ޖެނިފާ ލޮޕޭޒް ކިޔައިދިން ވީ އާ ވަން އަށްވެސް ވަނީ ތަރުހީބު ލިބިފަ އެވެ.

comment ކޮމެންޓް