ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފި

ނޮވެމްބަރ 30، 2017: މާލެއަށް މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މިއަދު ވެސް މޫސުން އިތުރަށް ގޯސްވެދާނޭ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް މީޓޮރޮލިޖީ (މެޓް) އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު މެންދުރު 03:00 ފެށިގެން މިރޭ 07:00 އާ ހަމައަށް ހއ. އިން ފެށިގެން ލ. އަތޮޅުގެ ބޮޑުބަޔަކަށް ބޯކޮށް ވިއްސާރަވެހޭނެ ކަމަށެވެ.

މެޓުން ބުނީ އެ ވަގުތުތަކުގައި އެވްރެޖްކޮށް ގަޑިއަކު 30- 40 ބާރުމިނެއްގައި ވައި ޖެހޭނޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަށެވެ.

މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި އެލާޓް ނެރުނު ފަސް ވަނަ ފަހަރެވެ.

comment ކޮމެންޓް