ގަވައިދާ އެއްގޮތައް ދަރުސް ދިނުމަށް އެއްވެސް ހުރަހެއް ނެތް: އިސްލާމިކް މިނިސްޓްރީ

18 ނޮވެމްބަރ 2016: އިލްމުޓޯކް 2016 ގައި މުފްތީ އިސްމާއިލް މެންކު ތަގްރީރުކުރެއްވުން: ތިމާއަށް ލިބިފައިވާ ނިއުމަތްތައް އެހެން މީހުންނަށްވެސް ލިބުމަށް އެދެން ޖެހޭ ކަމަށް ދުނިޔޭގެ މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމަށްވާ އިސްމާއިލް މުފްތީ މެންކް މިރޭވަނީ ވިދާޅުވެފަ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ދަރުސްތައް ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ޝެއިޚަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރަމަޟާން މަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އިލްމުވެރިން ތަފާތު ދަރުސްތައް ކުރިއަށް ގެންދާއިރު ބައެއް ރަށްރަށުގައި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވާކަމަށް ބުނެ ބައެއް ޝެއިޚުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރިއާލައި ރޭވިގެން ވަކި ވަގުތަކަށް ހަމަޖައްސާ ދަރުސްތައް ސްކޫލުތަކުގެ ހޯލް ނުލިބިގެން ކެންސަލް ކުރަންޖެހޭ ކަމަށް ބައެއް ޝެއިޚުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިއާ ޝެއިޚު އަލީ ޒައިދު އޭނާގެ ޓްވިޓާގައި ވިދާޅުވެފައި ވަނީ ރަށްރަށުގައި އޭނާ ކުރިއަށް ގެންދަން ރާވާފައިވާ ބައެއް އިވެންޓުތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ. ނަމަވެސް ހުރަސް އަޅާފައިވަނީ ކޮން ބައެއް ކަަމެއް ވިދާޅެއްނުވެއެވެ.

މިކަމާއި ގުޅިގެން "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް މިނިސްޓްރީން ނުކުރާނެ ކަމަށާއި"ހެދިފައިވާ ގަވައިދުތަކާއި އެއްގޮތައް ދަރުސްތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނާޅާނެ" ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހުރަސްތައް ދިމާވެގެން އެކިއެކި ދީނީ އިލްމްވެރިން ހުށައަޅާ މައްސަލަތައް އަބަދުވެސް ބަލަމުންދާ ކަމަށާއި އެކަމަށް އެކަށީގެންވާ ފިޔަވަޅުވެސް އަޅަމުން ދާ ކަމަށެވެ.

ބައެއް ދީނީ އިލްމްވެރިން މީސް މީޑީއާގައި ފާޅުކޮށްފައިވާ ހިޔާލުތައް ރަސްމީކޮށް ހުށަހަޅާފައިވާ ކަމެއް ނުވަތަ ނުވާ ކަމެއްވެސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ކަށަވަރެއް ނުކޮށްދެއެވެ.

comment ކޮމެންޓް