އަތް ޖައްސައިލުމުން އިހްސާސްތައް ދެނެގަންނަ ރޮބޮޓެއް!

އަތް ޖައްސައިލުމުން މީހާގެ އިހްސާސްތައް ދެނެގަންނަ ރޮބޮޓެއް އުފައްދައިފިއެވެ.

އެގޮތުން ހީބިހި ނަގާ ވަގުތުތަކުގައްޔާއި، ބިރުން ހުންނަ ވަގުތުތަކުގައި، އަދި އުފާވެފައި ހުންނަ ވަގުތު ތަކުގައިވެސް މީހާގެ އިހުސާސްތައް މި ރޮބޮޓް ދެނެގަންނާނެއެވެ. މަޑު ޖެލީ ކޮޅެއްގެ ސިފައިގައި އޮންނަ މި ރޮބޮޓް އުފެއްދީ ރޮބޮޓް އިންޓަރެކްޝަންގެ ބައި އިތުރު ކުރުމަށެވެ.

"އިންސާނުންގެ ދިރިއުޅުމުގައި ރޮބޮޓުގެ ރޯލު އިތުރުކުރުމަށް މި ކުރާ މަސައްކަތުގައި ވާހަކަ ދެއްކުމަކާ ނުލައި، އިންސާނާގެ އިހުސާސްތައް ދެނެގަންނާނެ ޓެކްނޮލަޖީއެއް މިވަނީ ހޯދިފައި، މިއީ ސައިކޮލަޖީގެ ދާއިރާގައިވެސް ލިބުނު ކުރިއެރުމެއް،" މި ރޮބޮޓް އީޖާދުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ރިސާޗަރުން ބުނެފައިވެއެވެ.

މި ރޮބޮޓް ބޭނުންކޮށްގެން އިންސާނާގެ އިހުސާސްތައް ދެނެގަންނައިރު، އެކި އިހުސާސްތަކާއެކު، އޭގައި ހުންނަ ބަމްޕް ތައް މައްޗަށް އަރާނީ އެކި ބައްޓަންތަކަށެވެ.

މީގައި ކޮމްޕިއުޓަރު ކޮންޓްރޯލްޑް އިލާސްޓޯމާއެއް ހިމެނޭއިރު، ރޮބޮޓުގައި ހިމެނޭ ބަމްޕް ނޫނީ ގޫސްބަމްޕްތައް މައްޗަށް އަރާއިރު ރޮބަޓްގެ މޫނުމަތީގެ ކުލަވަރަށްވެސް ބަދަލު އާދެއެވެ.

comment ކޮމެންޓް