ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހުސައިން ޝަރީފު ހަމަޖައްސައިފި

ހުސައިން ޝަރީފް، މަގާމަށް ހަމަޖެއްސިކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދިނުމުގެ ތެރެއިން ---

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސައިން ޝަރީފު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހުސައިން ޝަރީފް ހަމަޖެއްސުމަށް މިއަދު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތުގައި މަގާމަށް އައްޔަންކުރިކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މީގެ ކުރިން ކޮމިއުނިޓީ އޮގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބައެއް މަގާމުތައް ވެސް ފުރުއްވާފައިވާ ހުސައިން ޝަރީފް ވަނީ ކުރިން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ހުސައިން ޝަރީފު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއާއި ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައިފައެވެ.

comment ކޮމެންޓް