މެލާނިއާ ޓްރަމްޕް ކިޑްނީގެ އޮޕަރޭޝަނެއް ކުރައްވައިފި

އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ވަނީ ކިޑްނީ ސާޖަރީއެއް ހައްދަވާފައި -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (މޭ 15): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ކިޑްނީގެ އޮޕަރޭޝަނެއް ކުރައްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މެރިލޭންޑުގައި ހުންނަ ވޯލްޓާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އެސާޖެރީ ހެދީ 'ބިނައިން މެޑިކަލް ކޮންޑިޝަން'އެއްގެ ސަބަބުންނެވެ. ނަމަވެސް އެއޮޕަރޭޝަން ކުރި ސަބަބާ ބެހޭ ގޮތުން ވައިޓް ހައުސްއިން ވަކި އެއްޗެކޭ ނުބުނެ އެވެ.

މެލާނިއާގެ ތަރުޖަމާނު ސްޓެފަނީ ގްރިޝަމް ވަނީ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ރައީސް ޓްރަމްޕް ވަނީ މެލާނިއާ އެޑްމިޓުކޮށްފައިވާ ހޮސްޕިޓަލަށް ވަޑައިގެން، ފަސްޓް ލޭޑީގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

މެލާނިއާ ކުރިއަށް އޮތް ހަފްތާ ހޭދަ ކުރައްވާނީ ހޮސްޕިޓަލުގައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް