ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހު ކޮށްފި

ރައްޔިތުންނާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފަސޭހަކަމާއެކު ބަލައިލެވޭގޮތަށް ފަރުމާކޮށްފައިވާ ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ.

ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް އެ ކޯޓުގައި ބޭއްވި ހަފްލާއެއްގައި އެ ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި، ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފެވެ.

މިވެބްސައިޓުން ކޯޓުން ނިންމާ ނިންމުންތަކާއި، ގަޒިއްޔާތަކާއި، ކޯޓުގެ ތަފާސްހިސާބާއި، ކޯޓުން ހިންގާ މައްސަލަތަކުގެ ތާވަލާއި، ކޯޓުގައި މިވަގުތު ބޭނުންކުރަމުން އަންނަ ފޯމުތަކާއި ވަކީލުންނާ ގުޅުންހުރި ގިނަ މައުލޫމާތެއް ލިބެން ހުންނާނެއެވެ.

ކުރިމިނަލް ކޯޓުގެ އިޖްތިމާޢީ ކޮމެޓީގެ ހަރަކާތްތަކަށް ޚާއްސަކޮށްގެން، އިޖްތިމާއީ ހަރަކާތުގެ ނަމުގައި މިވެބްސައިޓްގައި ވަނީ ޕޭޖެއް ވެސް ހިމަނައިފައެވެ.

comment ކޮމެންޓް