ކުރީގެ ސީޕީ އަރީފްގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ސިޕީ އަރީފް ގެ ޝަރީއަތަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު 1:00 އަށް ތާވަލްކުރި އަޑުއެހުން ފަސްކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ކުރީގެ ސީޕީ އަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ބާއްވައިފައެވެ. އެދުވަހުގެ އަޑުއެހުމުގަިއ ދައުލަތުން ބުނީ ސަރުކާރު ވައްޓާލުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަރީފް ކުރައްވަމުން ގެންދަވާފައިވާ ކަމަށެވެ. އަރީފް އެ މަސައްކަތް ކުރެއްވި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަރީފް ހައްޔަރު ކުރީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހުއެވެ.

އަރީފް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

comment ކޮމެންޓް