ކުރިއަށް އޮތް 24 ގަޑި އިރުވެސް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެންވެ މޫސުމަށް ބަލައިގެން ނޫނީ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ]އެމްއެންޑީއެފް[ގެ ކޯސްޓްގާޑުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓެއް އަދި ނުލިބޭ ކަމަށާއި އެހެން ނަމަވެސް ރަށަކުން ގަހެއް ވެއްޓުމުގެ ހާދިސާއެއް ހިނގާފައިވާކަން އެނގިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެތީ ހިނގާފާނެ ހާދިސާއަކަށް ކޯސްޓް ގާޑްގެ އޮފިސަރުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ މޫސުމަށް ބަލައިގެން ނޫނީ ދަތުރުފަތުރު ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާތީ މޫސުމް ގޯސްވުމާ އެކު ކޮންމެ ފަހަރަކު ވެސް ނުރައްކާތެރި ގިނަ ހާދިސާތައް ހިނގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު