ކޮމިޓީ އެލަވަންސް ދާއިރާގެ ރައްޔިތުންނަށް ހަދިޔާކުރައްވަން ސިޔާމް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދޭ 20،000ރ.ގެ ކޮމިޓީ އެލަވަންސް ދޫކޮށްލުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންނަށް ހަދިޔާކުރަން މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ނިންމަވައިފި އެވެ.

ސިޔާމް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ބައެއް މެމްބަރުން ދޫކޮށްލެއްވި ނަމަވެސް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކޮމިޓީ އެލަވަންސް މީދޫ ދާއިރާގެ ރައްޔިތުންނަށް މަންފާއެއް ލިބޭ ގޮތަކަށް ބޭނުންކުރެއްވުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މި ފައިސާ އަޅުގަނޑު ދޭން ނިންމާފައި ވަނީ ދާއިރާގެ ހަތަރު ރަށުގެ މެދުގައި ހަމަހަމަ ކޮށް ބަހާލާ އުސޫލުންނެވެ. އެގޮތުން ކޮންމެ މަހަކު ވެސް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ދ. މީދޫ ދާއިރާގެ ހަތަރު ރަށުގެ ރައްޔިތުންގެ އެކައުންޓަށް ޖަމާކުރަމުން އަޅުގަނޑުގެންދާނަމަވެ. އަޅުގަނޑު މިހާރު ވާނީ އެކަން އަޅުގަނޑުގެ ދާއިރާގެ ހުރިހާ ރަށަކަށް ވެސް އަންގައިފަ އެވެ." ސިޔާމް ވިދާޅުވެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީ 75 ޕަސަންޓަށް ވުރެ މަތީ މެމްބަރުންނަށް 20،000ރ. އަދި ހާޒިރީ 50 އާއި 75 ޕަސަންޓް މެމްބަރުންނަށް 10،000ރ. ދިނުމަށެވެ.

މިހާތަނަށް 12 މެމްބަރުން ވަނީ ކޮމިޓީ އެލަވަންސް ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު