މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
މި އިނާމަކީ ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު މި އަހަރު ދޭނީ ހަތަރު ގިންތި އަކުންނެވެ.
އެއީ
1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
2. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
3. ބައިނަލްއަގުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
ހާއްޞަ އިނާމަށް ހުށަހެޅިފައިވާ ކާމިޔާބީ އަކީ 2015 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބ އަކަށް ވާން ޖެހޭނެ ކަމަށާއި އެ ކާމިޔާބީ އަކީ މީގެ ކުރިން ލިބިފައިވާ އިނާމެއް ލިބިފައިވާ ކާމިޔާބީ އަކަށް ވެގެން ނުވާނެ ކަމަށް ހާއްސަ އިނާމާ ބެހޭ ކޮމެޓީ އިން ޝާއިއު ކޮށްފައިވާ ހާއްސަ އިނާމާ ބެހޭ ލިޔުމުގައި ބުނެފައި ވެއެ އެވެ.
ހާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ކަމަށާއި އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ޓީމަކުން ނުވަތަ ޖަމާޢަތަކުން ނަމަ، މުޅި ޓީމަށް ނުވަތަޖަމާޢަތަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާނެ ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި ވަކިވަކި ބައިވެރިންނަށް ދެއްވާނީ ހަނދާނީ ލިޔުމެއް ކަމަށްވެސްބުނެފައިވެ އެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 31 އެވެ.
މި އަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.