އެމެރިކަން ރިއަލިޓީ ޝޯ، "ދަ ފޯ" ޖޫން މަހު ސްކްރީނަށް

އެމެރިކަން ސިންގިން ރިއަލިޓީ ޝޯ "ދަ ފޯ" ގެ ދެވަނަ ސީޒަން މިއަންނަ ޖޫން މަހު ސްކްރީނަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

"ދަ ފޯ"ގެ އެޕިސޯޑުތައް ދައްކާނީ ފޮކްސް އިންނެވެ. މޭގަން ޓްރެއިނާ، ޑީޖޭ ހާލެދް އަދި ޝޯން ކޮމްބްސް ޖަޖުންގެ ޕެނަލުން ފެނިގެންދާ މި ޝޯ އަކީ އެހެން ރިއަލިޓީ ސިންގިން ޝޯތަކާ އަޅާ ބަލާއިރު ތަފާތު ކޮންސެޕްޓަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

އެގޮތުން ޝޯ ފަށާއިރު ހަތަރު ފައިނަލިސްޓުން ތިބޭނެ އެވެ. ކޮންމެ ހަފުތާއަކު ވެސް އިތުރު ބައިވެރިން ޝޯ އާ ގުޅޭ އިރު އެންމެ ފުރަތަމަ ތިބި ފައިނަލިސްޓުންގެ ގޮނޑި ހޯދަން މަސައްކަތް ކުރާނެ އެވެ. ސީޒަން ނިމޭ އިރު ހޮވާނީ އެންމެ މޮޅު ލަވަކިޔުންތެރިޔާ އެވެ.

ދަ ފޯގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރީ އެވީ މެކްކިނޭ އެވެ. އޭނާ އަކީ އެ ސީޒަންގެ ދެވަނަ ޝޯ ގައި މުބާރާތާ ގުޅި، ފައިނަލް އަށް ދަތުރުކުރި ބައިވެރިއެކެވެ.

މި ޝޯ ކާމިޔާބު ކުރާ ފަރާތަކަށް ދަ ރިޕަބްލިކް އާ އެކު ރިކޯޑިން ކޮންޓްރެކްޓެއް ލިބެ އެވެ. މީގެ އިތުރުން އައިހާޓް ރޭޑިއޯ ޝޯ ގައި މި އާޓިސްޓު ޕްރޮމޯޓުކޮށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދެ އެވެ.

comment ކޮމެންޓް