އެޕަލް މިއުޒިކްގައި ޓޭލާ ސްވިފްޓްގެ ރެކޯޑް ކާޑީ ބީ މުގުރާލައިފި

ކާޑީ ބީ

ލަވަ ރިލީޒްކުރި ފުރަތަމަ ހަފްތާގައި މިލިއަނަކަށް ވުރެ ގިނަ މީހުން ސްޓްރީމް ކުރި ޓޭލާ ސްވިފްޓްގެ "ރެޕިިއުޓޭޝަން" އިން އެޕަލް މިއުޒިކްގައި ހަދާފައިވާ ރެކޯޑް ކާޑީ ބީ މުގުރާލައިފި އެވެ.

އެޕަލްއާ ހަވާލާދީ ދަ ވާޖް އިން ބުނީ ޓޭލާ ސްވިފްޓްގެ އަލްބަލް ސްޓްރީމް ކޮށްފައިވާ މީހުންގެ ދެގުނައަށް ކާޑީ ބީގެ ފުރަތަމަ އަލްބަމް އިންވޭޝަން އޮފް ޕްރައިވެސީ ސްޓްރީމްކޮށްފައިވާ ކަމަށެވެ.

ޓޭލާ ސްވިފްޓުގެ އެންމެ ފަހުގެ އަލްބަލް ރެޕިއުޓޭޝަން އިން އެޕަލް މިއުޒިކްގައި ހަދާފައިވާ ރެކޯޑަކީ އަންހެން އާޓިސްޓެއްގެ އަލްބަމެއް އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ މީހުން ސްޓްރީމް ކުރި ރެކޯޑެވެ.

މީގެ ކުރިން ޑެބިއު އަލްބަމްތަކަކީ މިފަދަ ބޮޑެތި ރެކޯޑުތައް ގާއިމްކުރާ އަލްބަމުތަކެއް ނޫނެވެ. އެޕަލް މިއުޒިކްގައި މިހާތަނަށް ފަސްވަނައަށް އެންމެ ގިނަ މީހުން ސްޓްރީމުކޮށްފައިވާ އަލްބަމުގެ މަގާމު ވެސް އިންވޭޝަން އޮފް ޕްރައިވެސީ ވަނީ ހޯދައިފަ އެވެ.

ޓޭލާ ސްވިފްޓްގެ ރިކޯޑް ކާޑީ ބީ މުގުރާލުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

އެޕަލް މިއުޒިކްގެ 40 މިލިއަން ސަބްސްކްރައިބަރުން އެބަތިއްބެވެ.

comment ކޮމެންޓް