ކޮނޑޭއިން އަވޭ ލެގު ކާމިޔާބުކުރި ނަމަވެސް، ޒޯން ޗެމްޕިއަންކަން ހޯނޑެއްދުއަށް

ޒޯން ހަތެއްގެ ޗެމްޕިއަން ޓީމު، ހޯޑެއްދޫ --- ފޮޓޯ/ މީސް މީޑިއާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ހަތެއްގެ ޗެމްޕިއަންކަން ގދ. އަތޮޅުގެ ޗެމްޕިއަނުން ހޯނޑެއްދޫން ހޯދައިފިއެވެ.

ޒޯން ހަތެއްގައި ވާދަކުރަނީ ހދ. އަތޮޅުގެ ޗެމްޕިއަނުން ހޯނޑެއްދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަނުން ކޮނޑޭއެވެ.

ގއ. ކޮނޑޭ ފުޓްބޯޅަ ދަނޑުގައި އެ ދެޓީމު ކުޅުނު ޒޯން ހަތެއްގެ ފުރަތަމަ ލެގު މެޗުގައި ކޮނޑޭ އަތުން ހޯނޑެއްދޫ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އިއްޔެ ހޯނޑެއްދޫގައި ކުޅުނު މެޗުން ކޮނޑޭ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ހޯޑެއްދުއަށް ޒޯން ޗެމްޕިއަންކަން ލިބެނީ 3-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގެ 36 ވަނަ މިނެޓުގައި ކޮނޑޭގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އުސާމެވެ.

ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދި ހޯނޑެެއްދޫ ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

comment ކޮމެންޓް