ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން ރައުހަތާއި ރައިވެރިޔާއަށް!

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން ޓީމު، ކްލަބު ބައިވެރިޔާ --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ރައުހަތު ސްޕޯޓްސް، އަދި އަންހެން ޗެމްޕިއަން ޓީމަކަށް ކްލަބު ރައިވެރިޔާ ހޮވިއްޖެ އެވެ.

މިދިޔަ މަހުގެ 26 އިން 29އަށް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ހަތަރު އުމުރު ފުރާއަކުން ޖުމްލަ 74 އިވެންޓް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ މުބާރާތުގައި ރާއްޖޭގެ 16 ސްކޫލަކުންނާއި އެސޯސިއޭޝަނުގެ މެމްބަރު ނުވަ ކްލަބުން ބައިވެރިވެފައިވެ އެވެ.

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން ޓީމު، ރައުހަތު ސްޕޯޓްސް --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަކަށް ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާ އިރު، 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ރައުހަތު ސްޕޯޓްސް އެވެ. އެ އުމުރުފުރާގެ އަންހެން ޗެމްޕިއަން ޓީމަކަށް ރައިވެރިޔާ ހޮވިފައިވާ އިރު، 17 އަހަރުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވެސް ރައުހަތު ސްޕޯޓްސްއިންނެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކަށްވެސް ހޮވިފައި ވަނީ ޖަލާލުއްދީން ސްކޫލެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރައުހަތު ސްޕޯޓްސްގެ ސުޒަައިން މުހައްމަދު ހޮވުނު އިރު، އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައި ވަނީ ބައިވެރިޔާގެ އާއިޝަތު ހިމްނާ ހަސަނެވެ.

މިދިޔަ އަހަރުގެ އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތް ބާއްވާފައި ވަނީ ސ. ހިތަދޫގަ އެވެ. އެ އަހަރުގެ ޗެމްޕިއަންޝިޕްގައި މެންބަރު ހަތް ކްލަބާއި ރާއްޖޭގެ 22 ސްކޫލަކުން ޖުމްލަ 95 ޓީމަކުން ވާދަކޮށްފައިވެ އެވެ.

comment ކޮމެންޓް