ޓެކްސީއަކަށް އެރި އަންހެން ކުއްޖަކަށް ޑްރައިވަރު ވަޅިން ބިރުދައްކައި ފައިސާ ފޭރެން އުޅުނު މައްސަލައެއް ތަހްޤީޤްކުރަން ފަށައިފި

19:00


ޓެކްސީއަކަށް އެރި އަންހެން ކުއްޖަކަށް ޑްރައިވަރު ވަޅިން ބިރުދައްކާ ފައިސާ ފޭރެން މަސައްކަތްކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްޗަންގޮޅީގައި ހުރި ގެއަކުން، އައިޖީއެމްއެޗަށް ދާން ޓެކްސީއަކަށް އެރި އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައިފައި، ފައިސާތައް އަތުލަން އެ ޑްރައިވަރު މަސައްކަތްކުރި ކަމަށާއި ނަމަވެސް އެ ކުއްޖާ އަތުން އެއްވެސް ފައިސާއެއް އަތުނުލެވޭ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު