އިނގިރޭސި ބޮޑުވަޒީރުގެ ބްލެކްބެރީ ފޯނު ދޫކޮށްލައްވައި އައިފޯނަކަށް ބަދަލުކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ބޭނުންކުރެއްވި ބްލެކްބެރީ ފޯނު ދޫކޮށްލައްވައި އައިފޯނެއް ހޯއްދަވައިފި އެވެ.

ހަބަރުތައް ބުނާ ގޮތުން ސަލާމަތީ ސަބަބުތަކަށް ޓަކައި ތެރީސާގެ އައިފޯނަށް އެޅޭނީ ކަނޑައެޅިފައިވާ ވަކި އެޕްލިކޭޝަންތަކެކެވެ.

ބްލެކްބެރީ ފާހަގަކުރެވެނީ ސެކިއުރިޓީގެ ގޮތުން ބަލާ އިރު ވަރުގަދަ ފޯނެއްގެ ގޮތުގަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ބްލެކްބެރީ ކުންފުނިން ވަނީ ފޯނު އުފެއްދުން ހުއްޓާލައިފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ސެކިއުރިޓީ ސަބަބުތަކަށް ޓަކައި ވެރިކަމުގެ ދުވަސްވަރު ގެންގުޅުއްވީ ބްލެކްބެރީ ފޯނެކެވެ.

މީގެ އިތުރުން އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު މީގެ ކުރިން ގެންގުޅުއްވި އެންޑްރޮއިޑް ފޯނު ވެސް ވަނީ ސެކިއުރިޓީ ސަބަބުތަކަށް ޓަކައި ދޫކޮށްލަން ޖެހިވަޑައިގެންފަ އެވެ. ޓްރަމްޕު ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހު މިހާރު ގެންގުޅުއްވަނީ ހައި ސެކިއުރިޓީ ފީޗާސްތަކާ އެކު ބްލެކްބެރީ ފޯނެކެވެ.

comment ކޮމެންޓް