20 އަހަރުން ދަށުގެ އެފްއޭކަޕް:
ސެމީގެ ދެ ވަނަ މެޗް ނިއަށް

ވިހި އަހަރުން ދަށުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެ ވަނަ މެޗް ނިއުރޭޑިއަން ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ނިއު އިން މިމެޗް ކާމިޔާބު ކުރީ ވެލެންސިއާ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން ނެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވިކްޓަރީ މާޒިޔާއަތުން 2-1 ލަނޑުން ބަލިވެފައިވާ އިރު، މާޒިއާ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު އަންނަ ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގެ ފަހު ޖާގަ ހޯދަން މިރޭ ބައްދަލުކުރާނީ ނިއުއާ ވިކްޓަރީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު