ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އަލީ އުމަރު އައްޔަންކޮށްފި

ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރު ---

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަލީ އުމަރު އައްޔަންކޮށްފިއެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ އަހްމަދު ނަޝީދު (ޑޭވް)އެވެ. އޭނާ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.

އަލީ އުމަރަކީ ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1998 އިން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅެފައެވެ. ކްލަބު ފުޓުބޯޅައިގައި ވީބީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު އަލީ އުމަރު ވަނީ އެކި ފަހަރު މަތިން އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތް ކޮށްފައެވެ.

ސްޕޯޓްސް ކޮމިޝަނަކީ ރާއްޖޭގެ ކުޅިވަރުގެ ހުރިހާ ކަމެއް ބެލުމަށާއި ކުޅިވަރު އިދާރާތައް ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލާފައިވާ އިދާރާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު