ޑައިވް ޑެސްކުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ޑައިވް ޑެސްކާ ދެމެދު ސޮއިކުރުން -- ސަން ފޮޓޯ

ޑައިވް ޑެސްކް އިން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޑައިވް ޑެސްކްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޑައިވް ޑެސްކްގެ ފަރާތުން ސޮއި ކުރެއްވީ ޑައިވް ޑެސްކުގެ ފަރާތުން އާދަމް އަޝްރަފްއެވެ. އަދި މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު އެވެ.

މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ، ޝާހިދު "ސަން"އަށް ވިދާޅުވީ، އެ އެއްބަސްވުމަކީ އެ ޖަމިއްޔާގެ މެންޑޭޓުގެ ދަށުން ޑޮކްޓަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމާއި ޑޮކްޓަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ބަދަހިކުރުމުގެ ގޮތުން ކުރި އެއްބަސްވުމެއް ކަމަށެވެ.

"25 ބައި 25 ނޮން ކޮމިއުނިކަބަލް ޑިޒީޒް ނައްތާލުމުގެ ޝިއާރުގެ ދަށުން ޑޮކްޓަރުންގެވެސް ސިއްހަތު ރަނގަޅު ކުރުމުގެ ގޮތުންްނާއި ރާއްޖޭގެ ރީތިކަން އެޕްރިޝިއޭޓްކުރުމަށާއި ރަނގަޅު ހެލްތީ ސްޕޯޓަކަށް ވާތީވެ ޑައިވް ޑެސްކާއެކު އެމްއޯޔޫގައި މި ސޮއި ކުރީ،" ޝާހިދު ވިދާޅުވިއެވެ.

ޑައިވް ޑެސްކާއެކު ވީ އެއްބަސްވުމުގެ ދަށުން މެޑިކަލް އެސޯސިއޭޝަންގެ ޑޮކްޓަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއްގައި ޑައިވް ކުރުމުގެ ފުރުސަތު ދޭނެކަމަށް ޑައިވް ޑެސްކުން ބުންޏެވެ.

comment ކޮމެންޓް