މަޝްހޫރު ބްރޭންޑުތަކާއެކު ރެއިންބޯ ލިވިން މޯލް އަށް އަލަށް އިތުރުކުރި ބައި ހުޅުވައިފި

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލް އަށް އިތުރު ކުރި ބައި-- ސަން ފޮޓޯ: ފަޔާޒް މޫސާ

ޔޫރަޕްގެ މަޝްހޫރު ކޮލެޓީ ބްރޭންޑުތަކާއެކު ޗާނދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލްއަށް އިތުރު ކުރި ބައި ހުޅުވައިފިއެވެ.

މިރޭ ބޭއްވި ހަފްލާއެއްގައި ރެއިންބޯ ލިވިން މޯލްގެ އެކްސްޓެންޝަން ހުޅުއްވައިދެއްވީ އެ ކުންފުނީގެ ހިއްސާދާރެކެވެ.

ފިހާރައަށް އަލަށް އިތުރުކުރެވުނުބައި ހާއްސަ ކޮށްފައިވަނީ ބަދިގެ ސެޓް، ވޯކް އިން ކްލޯސެޓްސް އަދިވެސް އެނޫން ފަރުނީޗަރު ކަސްޓަރު ބޭނުންވާނެހެއް ކަސްޓަމައިޒްކޮށް އިންސްޓޯލްކޮށްދީ، ވިއްކުމަށެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލް އަށް އިތުރު ކުރި ބައި-- ސަން ފޮޓޯ: ފަޔާޒް މޫސާ

މި ފިހާރައިން ޖަރުމަނުގެ މަޝްހޫރު ނޮބީލިއާ ބްރޭންޑުގެ ބަދިގެ ސެޓާއި ބަދިގޭ ކަބަޑް ސެޓް އަދި އޭޝިއާގެ މަޝްހޫރު އޮޕެއިން ބްރޭންޑުގެ ބަދިގޭ ސެޓް ލިބެން ހުންނާނެއެވެ.

ލިވިން ޑިޒައިން ސްޓޫޑިއޯގެ ނަމުގައި ސްޓޫޑިއޯ އެއްވެސް ގާއިމްކޮށްފައިވާއިރު ކަސްޓަމަރުން ބޭނުންވާގޮތަށް ބަދިގޭ ސެޓާއި ކްލޯސެޓް ތައްޔާރުކޮށްދޭނެއެވެ. އަދި ކަސްޓަމަރު ބޭނުންނަމަ ރެއިންބޯގެ ފަރާތުން ސާވޭކޮށް، ޑިޒައިން އަދި އިންސްޓޯލް ކުރުމުގެ ހިދުމަތްވެސް ދޭނެއެވެ.

ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލް އަށް އިތުރު ކުރި ބައި-- ސަން ފޮޓޯ: ފަޔާޒް މޫސާ

ރެއިންބޯ ލިވިން މޯލަށް އިތުރުކުރެވުނު ބަޔާއެކު އެ ފިހާރައަކީ މިހާރު މާލޭގައި ހުރި އެންމެ ބޮޑު އެއް ފަރުނީޗަރު ފިހާރައެވެ. ރަމަޟާން މަހާ ދިމާކޮށް ރެއިންބޯ އިން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަން ނިންމައިފައެވެ. މި ޕްރޮމޯޝަން އަންނަ ހަފްތާ ފަށާނެ ކަމަށް ރެއިންބޯ އިން ބުނެއެވެ.

comment ކޮމެންޓް