ޝީޓް ވެއްޓުނު އިންޖިނިއަރިން ފެކަލްޓީގެ އިމާރާތް މިއަދު ހުސްކުރަނީ

އިންޖިނިއަރިން ފެކަލްޓީ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިފައި -- ސަން ފޮޓޯ

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިމާރާތުގެ ބައެއް ވެއްޓުމާ ގުޅިގެން އެ އިމާރާތް ހުސް ކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަކަލްޓީ ހުންނަ ސަލާހުއްދީން އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެހެންވެ އެ އިމާރާތް ހުސްކުރަން މިއަދު ރަސްމީކޮށް އަންގަވާނެ ކަމަށެވެ.

އެ ފެކަލްޓީގެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓުނީ މަރާމާތުގެ މަސައްކަތެއް ކުރަނިކޮށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފާއި ޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވަނީ އިއްޔެ އިންޖިނިއަރިން ފެކަލްޓީގައި ކިޔަވާ ކުދިންނާއި ބައްދަލުކޮށް އެ ފެކަލްޓީ އިމާރާތް މަރާމާތު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް